Saturday, November 19, 2011

ޑޫޒިއަންސް ކަޕް 2011


މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ޑޫޒިއަންސް ފުޓްސަލް ކަޕް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ޑީ.ކޭ.ޖީ އިން އެއްވެސް އަހަރެއްގައި ބައިވެރިވެފައެއް ނުވެއެވެ. އެހެން ކަމުން މި އަހަރުވެސް ޑީކޭޖީ ގެ ކުޅުންތެރިން ވަނީ އެހެން ޓީމުތަކަށް ކުޅުމަށް ދޫކޮށްފައެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ސްޕައި އެފްސީ އަށް ތަށި ކާމިޔާބު ކޮށްދިނުމުގައި ޑީކޭޖީގެ ވަރަށް ބޮޑު ހިއްސާއެއް ވެއެވެ.

މި މުބާރާތުގައި މި އަހަރު ބައިވެރިވީ ހަތަރު ޓީމެވެ. އެއީ ސްޕައި އެފްސީ، ސްޕައި ސްޕޯޓްސް ކުލަބް، ސިނާރިއޯ އަދި އޭސީ މިލާނެވެ. މި މުބާރާތުގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20ވަނަ ދުވަހުއެވެ. މި މެޗްގައި ބައްދަލުކުރާނީ ސްޕައި އެފްސީއާއި ސިނާރިއޯއެވެ. މުބާރާތުގެ އިތުރު މެޗްތައް ކުޅެން ހަމަ ޖެހިފައިވާ ގޮތުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

#
މެޗް
ތާރީޚް
ގަޑި
1
ސްޕައި އެފްސީ އާއި ސިނާރިއޯ
2011/11/20
16:30
2
އޭސީ މިލާނާއި ސްޕައި ސްޕޯޓްސް ކުލަބު
2011/11/21
16:30
3
ސްޕައި އެފްސީ އާއި ސްޕައި ސްޕޯޓްސް ކުލަބު
2011/11/22
16:30
4
އޭސީ މިލާނާއި ސިނާރިއޯ
2011/11/23
16:30
5
އޭސީ މިލާނާއި ސްޕައި އެފްސީ
2011/11/24
16:30
6
ސްޕައި ސްޕޯޓްސް ކުލަބާއި ސިނާރިއޯ
2011/11/25
16:30
7
ފައިނަލް މެޗް
2011/11/27
16:30

މިއަހަރުގެ މުބާރާތުގައިވެސް ސްޕައި އެފްސީ އަށް ރަނގަޅު ކާމިޔާބީއެއް ލިބުމަކީ ޑީކޭޖީއަށްވެސް ލިބޭނެ ފަޚުރެކެވެ. އެހެން ކަމުން ޑީކޭޖީގެ ފަރާތުން ސްޕައި އެފްސީ އަށް ރަނގަޅު ކާމިޔާބީ އަކަށް އެދެމެވެ.







No comments:

Post a Comment