ISLAMIC STORIES

ވާހަކަ: ސިހުރު ވެރިން



ކިޔުން ތެރިންނަށް އެއްޗެއް ބުނެލައި ދެން ހެއްޔެވެ. ތިބޭފުޅުންނަށް މިކަން އިނގިލައްވާތޯ އެވެ. މާތް މީހުން ދެކި ސިހުރު ވެރިން ވަރަށް ބިރުގަންނާނެ އެވެ. ކޮންމެހެން މާތް ވާކަށެއް މާ ބޮޑު ޢިލްމެއް ބޭނުމެއް ނޫނެވެ. ޤުރްޢާނުން އެންމެ ހަތަރު ސޫރަތް ހިތުން އިނގޭ މީހާ އަކީ ވެސް މިވަގުތު ރާއްޖޭގައި ވާ އެންމެ މާތް މީހާ ކަމަށް ވެވިދާނެ އެވެ. ދަސް ކުރަށްވާށެވެ. އަދި އެންމެ ބޮޑަށް. އިނގޭ ކޮންމެ އެއްޗަކަށް ޢަމަލު ކުރަށްވާށެވެ. އޭރުން ﷲ އެ މީހަކު އިމްތިޙާނު ކުރައްވަން ފައްޓަވާނެއެވެ. އޭގެ ހެއްކަކީ އުނދަގުލާއި މުސީބާތް ތައް ޖެހުމެވެ. ނަމަވެސް އެއީ މާތްކަން އިތުރު ވުމުގެ ކުރިން ކުރަށްވަވާ އިމްތިޙާނެވެ. ފާސް ވުމާއި އެކީ ދަރަޖަ އުފުއްލަވާ ދެވަނަ އިމްތިޙާނެއް ކުރައްވަވާނެ އެވެ. މިގޮތުން މުއުމިން (މުއުމިނުން ނަކީ މުސްލިމުންގެ މަތީ ދަރަޖަ އަކަށް ކިޔާ ނަމެއް) މީހާ އަކީ އަބަދުވެސް އިމްތިޙާނުގައި އުޅެން ޖެހޭ މީހެކެވެ. މި ފަދައިން ކެތްކޮށް ހިތްވަރު ކޮށްފިނަމަ ﷲ އެމީހަކާއި ކުއްތަން ވެ އެމީހެއްގެ ހިނގުމާއި އެއްޗެއްގައި ހިފުމާއި ހުރިހާ ކަމެއް ﷲ އާއި އެކީ ވުމުން އެމީހަކު ދުޢާ އެއް ކޮށްފި ނަމަ ވަގުތުން އެ އިޖާބަ ވެސް ކުރަށްވާނެ އެވެ. (ރެފަރެންސް ބޭނުން ވަނީ ނަމަ: ބުޚާރީ: ޙަދީސް ނަންބަރ: 6502)
އެފަދަ މާތް މީހުން ނާއި މެދު ﷲ ވަޙީ ކުރައްވަވަނީ ތިމަން އިލާހް ގެ ހަޡްރަތަށް ދުޢާ އަށް އަތް އުފުލުމަށްފަހު ހުސް އަތާ އެ އަތް ތިރިވިޔަ ދޭން ތިމަން އިލާހް ލަދުވެތި ވެ ވޮޑި ގަންނަވަމެވެ.
ދާދި ފަހަކުން މައްކާއިން ފުރަން އޮތް އެއަރ ބަހަކަށް ސިހުރު ވެރިއަކު އަރާ އިނެވެ. މިހެން އިންދާ މާތް ބެއިކަލަކު މި ބޯޓަށް ހަމަ އަރާވަޑައިގަތެވެ. އެ މީހާ ގަތް ބިރާއި ވީގޮތުން ނުހުރެވިގެން އަމިއްލަޔަށް ތިމަން ސިހުރު ހަދާކަމަށް އެއްބަސް ވެއްޖެ އެވެ. (ބަސްޓް ވެއްޖެ އެވެ)
އިނގިލައްވާތޯ އެވެ. އިމާމް އަޙްމަދު އިބްން ޙަންބަލް ވިދާޅުވި އެވެ. ތިމަން ކަލޭގެފާނުންނަށް ރަސޫލުﷲ ގެފާނުންގެ ސުންނަތުން، އެކަމެއްގައި ތިމަން ކަލޭގެފާނުން ނުހިފާ ސުންނަތެއް ދަހެއް ނުކުރަމެވެ. އިމާމް އަޙްމަދު ގެފާނުން ނަށް 750000 އަށްވުރ ގިނަ ޙަދިސް ހިތުން އިނގިލައްވަ އެވެ.
އެކަލޭގެފާނުންގެ އަރިހަށް އެއްދުވަހަކު މީހަކު އައިސް ޖިންނި މޮޔަވެފައި ވާ މީހަކަށް ޤުރްޢާން ކިޔަވައި ދެއްވުމަށް އެދުނެވެ. އެ ވަގުތު އެކަލޭގެފާނުން ބުރަކަމުން ނާއި ވަގުތު މަދު ކަމުން ވިދާޅު ވި އެވެ. ތިމަން ކަލޭގެފާނުން މިވަގުތު ދެވޭކަށެއް ނެތެވެ. އެކަމަކު މިޔޮތީ ތިމަން ކަލޭގެފާނުންގެ ފައިވާން ޖޯޑު ކޮޅެވެ. މި ހިފައިގެން ގޮސް އޭތި ކައިރީ މިޔޮތީ އަޙުމަދުގެފާނުންގެ ފައިވާން ޖޯޑު ކޮޅޭ. އެކަލޭގެފާނުން ކަލޭ ކައިރީ މިމީހާ ގައި ތެރެއިން ނިކުމެގެން ދިޔުމަށް އަމުރު ކުރައްވާ ވާހަކަ ބުނާށެވެ.
އެމީހާ އެހެން ހެދުމުން ޖިންނި ބިރުން ނިކުމެގެން ފިލާ ރައްކާވެއްޖެ އެވެ.
އަޚުން ނޭވެ. ތިބެއި ކަލުން ނަށް ފަހަރުގައި ނުފެނިވެސް ދާނެ އެވެ. ޖިންނި މޮޔަ ވެފައި ވާ މީހުން ގެ ތެރެއިން ޖިންނި ނެރުމައްޓަކައި “ހަބޭހަށް” ޤްރްޢާން ކިޔަވަން ޖެހެ އެވެ. އެ އެއްޗަށް ކަމެކޭވެސް ހިތަށް އަރަނީ 20 އަކަށް މީހުން ހޭ ވައްޓާލާފަ ހަބޭހަށް ކިޔެވީމަ އެވެ. ނަމަވެސް ޤްރްޢާން ކިޔަވާ މީހާގެ މާތްކަން އިތުރު ވީ ވަރަކުން ފަސޭހައިން ނިކުމެ އެވެ. ބަ އެއް ބެއިކަލުން ނަށް، އެކަނި ކިޔަވައިގެން ވެސް، އަނެއްބައި ބެއިކަލުންނަށް ކުޑަ ހިނދުކޮޅަކު ކިޔަވައިގެންވެސް ޖިންނި ނިކުމެ އެވެ.